Saturday, January 22, 2011

Saturday, January 15, 2011

Friday, January 7, 2011

ޕްރީސްކޫލް އަށް އެހީވުމުގެ ފުރުސަތު

ޕްރީސްކޫލް އަށް އެހީއެއް ވެދެއްވަން ބޭނުންފުޅުވާ ހަމަ ކޮންމެ ބޭފުޅަކަށްވެސް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެހީއެއްދެއްވަން ބޭނުންފުޅުވާނަމަ އަޅުގަނޑާ ގުޅުއްވުން އެދެވެމެ. އަލީ ޝަރީފް. ފޯން: 7776818

ޕްރީސްކޫލް ހުޅުވުން

ވ. ރަކީދޫ

ހެޔޮއެދޭ ފަރާތްތަކަށް

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ރަށުގެ ތަރަށްްޤީއަށް ވޭތުވެގެން ދިޔަތަނުގައި ތިޔަފަރާތުން ދެއްވި އެހީތެރިކަމާ އެއްބާރުލުމަށް

އަޅުގަނޑުމެން ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

ރާއްޖޭގެ ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމާ ދިމާކޮށް މިހާރު މެދުކެނޑިފައިވާ ރަކީދޫގެ

ތަޢުލީމީ ނިޒާމު އާފެށުމަކުން ފެށުމަށް ގަސްދުކުރާވާހަކަ ވަރަށް އުފަލާއެކު ދަންނަވަމެވެ. އަޅުގަނޑުމެން ގަސްތުކުރަނީ މި ޖަނަވަރީ މަހުގެ 9 ވަނަދުވަހު މިހާރު ރަކީދޫގަ ތިބި ޕްރީ ސްކޫލް ތަޢުލީމް ބޭނުންވާ 9 ކުދިންނާއެކު ނުރަސްމީ ގޮތެއްގައި ވީހާގިނަ ހެޔޮއެދޭ ފަރާއްތަކެއްގެ އެހީއާއެކު ކިޔަވާދިނުން ފަށާށެވެ. މިކަމުގައި އަޅުގަންޑުމެންނަށް ބެނުންވާނޭ ޢިމާރާތަކާ ހިލޭސާބަހަށް ކިޔަވާދޭނެ ޓީޗަރުންވެސް މިހާރުވަނީ ލިބިފައެވެ. އަޅުގަނޑުމެންނަށް ނުރަސްމީގޮތެއްގައި މިސްކޫލްގެ ކިޔެވުން ފެށިނަމަވެސް ކުރިޔަތްއޮތް 2 މަސްދުވަހުގެ ތެރޭގައި މި ޕްރީސްކޫލް މިނިސްޓްރީ އޮފް އެޑިއުކޭސަންގައި ރަޖިސްޓްރީކޮށް ސަރުކާރުގެ އެހީލިބޭނެފަދަ ތަނަކަށް ބަދަލުކުރުމަށް މިހާރުވެސް މަސަތްކަށް ކުރެވެވުން ދާވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.

އަދި އަޅުގަންޑުމެން ބެލިބެލުމުން މިފަދަ ޕްރީސްކޫލް އެށް ފެށުމަށް ގާތްގަނޑަކަށް ކޮންމެ ކުއްޖަކަށް 350 ވަރަކަށް ރުފިޔާގެ ތަކެތިބޭނުންވަތީވެ މިކަމުގައިވެސް ކުރީފަހަރުތަކެކޭ އެއްފަދައިން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ދެއްވާނެކަމަށް އުންމީދު ކުރަމެވެ.

އިހްތިރާމް ޤަބޫލް ކުރެއްވުން އެދެމެވެ.

5 ޖަނަވަރީ 2011

ހާދިމްކުމް

އަލީޝަރީފް