Friday, January 7, 2011

ޕްރީސްކޫލް ހުޅުވުން

ވ. ރަކީދޫ

ހެޔޮއެދޭ ފަރާތްތަކަށް

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ރަށުގެ ތަރަށްްޤީއަށް ވޭތުވެގެން ދިޔަތަނުގައި ތިޔަފަރާތުން ދެއްވި އެހީތެރިކަމާ އެއްބާރުލުމަށް

އަޅުގަނޑުމެން ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

ރާއްޖޭގެ ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމާ ދިމާކޮށް މިހާރު މެދުކެނޑިފައިވާ ރަކީދޫގެ

ތަޢުލީމީ ނިޒާމު އާފެށުމަކުން ފެށުމަށް ގަސްދުކުރާވާހަކަ ވަރަށް އުފަލާއެކު ދަންނަވަމެވެ. އަޅުގަނޑުމެން ގަސްތުކުރަނީ މި ޖަނަވަރީ މަހުގެ 9 ވަނަދުވަހު މިހާރު ރަކީދޫގަ ތިބި ޕްރީ ސްކޫލް ތަޢުލީމް ބޭނުންވާ 9 ކުދިންނާއެކު ނުރަސްމީ ގޮތެއްގައި ވީހާގިނަ ހެޔޮއެދޭ ފަރާއްތަކެއްގެ އެހީއާއެކު ކިޔަވާދިނުން ފަށާށެވެ. މިކަމުގައި އަޅުގަންޑުމެންނަށް ބެނުންވާނޭ ޢިމާރާތަކާ ހިލޭސާބަހަށް ކިޔަވާދޭނެ ޓީޗަރުންވެސް މިހާރުވަނީ ލިބިފައެވެ. އަޅުގަނޑުމެންނަށް ނުރަސްމީގޮތެއްގައި މިސްކޫލްގެ ކިޔެވުން ފެށިނަމަވެސް ކުރިޔަތްއޮތް 2 މަސްދުވަހުގެ ތެރޭގައި މި ޕްރީސްކޫލް މިނިސްޓްރީ އޮފް އެޑިއުކޭސަންގައި ރަޖިސްޓްރީކޮށް ސަރުކާރުގެ އެހީލިބޭނެފަދަ ތަނަކަށް ބަދަލުކުރުމަށް މިހާރުވެސް މަސަތްކަށް ކުރެވެވުން ދާވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.

އަދި އަޅުގަންޑުމެން ބެލިބެލުމުން މިފަދަ ޕްރީސްކޫލް އެށް ފެށުމަށް ގާތްގަނޑަކަށް ކޮންމެ ކުއްޖަކަށް 350 ވަރަކަށް ރުފިޔާގެ ތަކެތިބޭނުންވަތީވެ މިކަމުގައިވެސް ކުރީފަހަރުތަކެކޭ އެއްފަދައިން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ދެއްވާނެކަމަށް އުންމީދު ކުރަމެވެ.

އިހްތިރާމް ޤަބޫލް ކުރެއްވުން އެދެމެވެ.

5 ޖަނަވަރީ 2011

ހާދިމްކުމް

އަލީޝަރީފް

No comments:

Post a Comment