Monday, October 11, 2010

އިންތިހާބީ ޖަލްސާ ފަސްކުރުން

ރަކީދޫ އިޖްތިމާއީ ގުޅުން

ގާރޑްން

ވ.ރަކީދޫ، ދިވެހިރާއްޖެ ނަމްބަރ: RIG/IL/2010/02

ރަކީދޫ އިޖްތިމާޢީ ގުޅުމުގެ އެންމެހައި ލޮބުވެތި މެމްބަރުންނަށް ވެދުން ދެންނެވުމަށްފަހު ދަންނަވަމެވެ.

އިންތިހާބީ ޖަލްސާ ފަސްކުރުން

މިޖަމްއިއްޔާގެ އިންތިހާބީ ޖަލްސާ އޮކްޓޯބަރ 8 ވީ ހުކުރު ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް ދިމާވި ބަޔެއް ސަބަބުތަކާހުރެ މިޖަލްސާ މި އޮކްޓޯބަރ 15ވާ ހުކުރު ދުވަހުގެރޭ 8:30 ގައި ރަކީދޫ ޖުވާނުންގެ މަރުކަޒު ގައި ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ވާހަކަ ތިއެންމެ މެމްބަރުންގެ މަޢުލޫމާތަށް ޓަކާ ދަންނަވަމެވެ. އަދި މިޖަމްޢިއްޔާގެ އިއުލާން ނަމްބަރު RIG/IL/2010/01 ގައި ހަވާލެވިފައިވާ ފަދައިން މިޖަލްސާގައި މިޖަމްޢިއްޔާ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން ޢަތްޔަން ކުރުން އޮންނާނެއެވެ.

ޖަމްޢިއްޔާގެ ހިންގާކޮމެޓީ އަށް އިންތިހާބު ކުރެވޭ މަޤާމުތަށް

1- ޗެއަރމަން 6- ސެކެޓްރީ

2- ޖެނެރަލް ސެކެޓްރީ 7- އިންތިޒާމު ސެކެޓްރީ

3- ޚަޒާންދާރު 8- ވިލަރެސްވެރިޔާ

4- ރަޖިސްޓަރ 9- 05 އެހީތެރިން

5- އެޑްމިނިސްޓްރޭޓަރ

ވީމާ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މަތީގައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި އޮކްޓޯބަރ 13 ވާ ބުދަ ދުވަހުގެ ހަވީރު 04:00 ޖެހުމާހަމަޔަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.ހިންގާކޮމެޓީގެ މެމްބަރު ކަމަށް އެދޭފޯމް ރަކީދޫ އިޖްތިމާޢީ މަރުކަޒުން އަދި އިސްމާޢީލް އާތިފް 7922422 އާގުޅުއްވުމުންވެސް ލިބޭނެވާހަކަ، އަދި ފޯމް ފުރުއްވުމަށް ފަހުވެސް މަތީގައިވާ ސުންގަޑީގެ ކުރިން އެދެފަރާތުންކުރެ ފަރާތަކާ ހަވާލުކުރެއްވުން އެދެމެވެ. ޖަމްޢިއްޔާއާ ބެހޭ އިތުރު މަޢުލޫމާތު www.rakeedhoo.com އިންލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

10 އޮކްޓޯބަރ 2010

ޚާދިމްކުމް

އަޙުމަދު މުހަންމަދު މަނިކް

ޖަމްޢިއްޔާގެ މުއައްސިސް

No comments:

Post a Comment